ތިން އަހަރުގެ ދަރިފުޅާ ގަދަކަމުން ބަދުއަޚްލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި އެކުއްޖާގެ ބައްޕަ ފުލުހުން ހައްޔަރުކޮށްފި އެވެ.


މާލޭގައި ހިނގި މި ހާދިސާ ކަށަވަރުކޮށްދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އުމުރުން 52 އަހަރުގެ އެ ފިރިހެން މީހާ ހައްޔަރުކުރީ މިދިޔަ ބުދަ ދުވަހު ކަމަށެވެ. އަދި އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.


ނަމަވެސް، ކުއްޖާއާ ގުޅޭ އެއްވެސް އިތުރު ތަފްސީލެއް ފުލުހުންގެ އޮފިޝަލު ނުދެއްވަ އެވެ.