ބޭންކް އޮފް މޯލްޑިވްސް އިން ރޯދަމަހަށް ހާއްސަކޮށްގެން ފެށި، "ރޯދަ ވެދުން" ޕްރޮމޯޝަންގެ ތިންވަނަ ހަފްތާގެ ނަސީބުވެރިން މިއަދު ހޮވައިފި އެވެ.

ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ބީއެމްއެލްގެ ޕީއޯއެސް މެޝިން މެދުވެރިކޮށް ވިޔަފާރި ކުރާ ހުރިހާ ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށްގެންދާ އެ ޕްރޮމޯޝަންގެ ތިންވަނަ ހަފުތާގެ ނަސީބުވެރިންގެ ގުރުއަތު ނެގީ މިއަދު މެންދުރު ފަހު ސީޓްރެކް ބިލްޑިންގުގައި ބޭއްވި ރަސްމިއްޔާތެއްގައި ބޭންކުގެ ޕްރިޔޯރިޓީ ކަސްޓަމަރެއް ކަމަށްވާ މެގަ ޗިޕް ޕްރައިވެޓް ލިމިޓެޑްގެ ޑައިރެކްޓަރު އަހްމަދު ޒަރީރު އެވެ.

ރޯދަ ވެދުން ޕްރޮމޯޝަންގެ ތިންވަނަ ހަފްތާގެ ނަސީބުވެރި ހަތްފަރާތަކަށް ހޮވިފައި ވަނީ، ހ. ވާތި، އަލީ ޝިމްރީ، ހ. އަލި، ހަސަން ހަލީމް، ހއ. ދިއްދޫ ކިނބިމާގޭ، މުހައްމަދު ޝާހިދު، މ. ބީޗްރޯޑުގޭ ފާތިމަތު ހުދާ، ހ. ފެންވިލާގޭ އާމިނަތު އަލީ އަދި ލ. އިސްދޫ އައިއޯކިޑްމާގޭ ހުސައިން އަފީފް އެވެ.

ބީއެމްއެލްގެ ރޯދަ ވެދުން ޕްރޮމޯޝަންގައި ގުރުއަތުން ހޮވޭ ފަރާތްތަކަށް އެ ދުވަހެއްގައި ކާޑުން ވިޔަފާރި ކުރުމުން ހޭދަކުރި ފައިސާ އަނބުރާ އެ ކަސްޓަމަރެއްގެ އެކައުންޓަށް ޖަމާކޮށްދެވޭނޭ ކަމަށް ގައުމީ ބޭންކުން ވަނީ ބުނެފަ އެވެ. އެގޮތުން ކޮންމެ ކަސްޓަމަރަކަށް ވެސް ގިނަވެގެން ދެވޭނީ 50،000ރ ކަމަށްވެސް އެ ބޭންކުން ބުންޏެވެ.

ރޯދަ ވެދުން ޕްރޮމޯޝަންއަކީ ރޯދަމަހުގެ ކޮންމެ ދުވަހަކަށް ނަސީބުވެރިއަކު ހޮވާގޮތަށް ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމުން ރޯދަމަހުގެ 30 ދުވަހަށް 30 ނަސީބުވެރިން ހޮވާނެ އެވެ.