07 Aug 2013, 12:39
ނ. މިލަދޫ މެޖިސްޓްރޭޓް ކޯޓާއި ކައުންސިލް އިދާރާގައި އަލިފާން ރޯކޮށްލި މައްސަލައާ ގުޅިގެން މީހެއްގެ މައްޗަށް ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފި އެވެ.
މިދިޔަ 2011 ވަނަ އަހަރުގެ 28 ވަނަ ދުވަހު މިލަދޫ ކައުންސިލް އިދާރާ އާއި މެޖިސްޓްރޭޓް ކޯޓުގައި ރޯވެ އެތަން ބޭނުން ނުކުރެވޭ ވަރަށް އެފަހަރު ވަނީ އަނދައި ހުލިވެފަ އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ދައުވާކުރުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ ނ. މިލަދޫ، ކަޝްމީރުވާދީ މުހައްމަދު އަބޫބަކުރު 50،ގެ މައްޗަށެވެ.
މިލަދޫ މެޖިސްޓްރޭޓް ކޯޓާއި ކައުންސިލް އިދާރާގައި އަލިފާން ރޯކޮށްލި މައްސަލައިގެ ތަހުގީގު ނިންމައި ޕީޖީ އަށް ފޮނުވާފައިވަނީ މިދިޔަ ޖުލައި މަހުގެ 29 ވަނަ ދުވަހު އެވެ.