07 Aug 2013, 11:54
ކެންޔާގެ ނައިރޯބީގެ އިންޓަނޭޝަނަލް އެއާޕޯޓުގައި ރޯވި އަލިފާންގަނޑު އަދިވެސް ކޮންޓްރޯލްކުރެވިފައި ނުވާ ކަމަށް ކެންޔަން އެއާޕޯޓްސް އޮތޯރިޓީ (ކޭއޭއޭ) އިން ބުނެފި އެވެ.
ކޭއޭއޭ އިން ބުނީ ޖޮމޯ ކެންޔަޓާ އިންޓަނޭޝަނަލް އެއާޕޯޓުގެ ހުރިހާ އޮޕަރޭޝަނެއް މެދުކަނޑާލުމަށް ފަހު ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ކެންޔާގެ ކެބިނެޓް ސެކެޓްރީ ފޯ ޓްރާންސްޕޯޓް މައިކަލް ކަމާއު ވިދާޅުވީ ކެންޔަޓާ އިންޓަނޭޝަނަލްގައި ރޯވެފައިވާ އަލިފާންގަނޑަކީ އެއާޕޯޓުގެ ބޮޑު ބައެއްގައި ރޯވެފައިވާ ކަމަށާއި އެއާޕޯޓު ހިމެނޭ ސަރަހައްދަށް އާއްމުން ނުދިއުމަށް އިލްތިމާސްކުރާ ކަމަށެވެ.
މިއަލިފާންގަނޑު ރޯވާން މެދުވެރިވި ސަބަބެއް އަދި އެނގިފައިނުވާ ނަމަވެސް އެއްވެސް މީހަކަށް އަނިޔާވެފައިވާކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެ އެވެ.
ބީބީސީ އިން ބުނީ އެއާޕޯޓް ސަރަހައްދުގައި އަލިފާން ނިވާ ބޮޑެތި ލޮރީތަކުގެ އިތުރުން ގިނަ އަދަދެއްގެ އެމްބިއުލަންތައް ހަރަކާތްތެރިވަމުންދާ ކަމަށެވެ.