ފިތުރު އީދު ދުވަހު ރައީސް މުހައްމަދު ވަހީދު، އީދު ސަލާން ކުރެއްވުން އޮންނާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

އެ އޮފީހުން ބުނީ އީދު ސަލާން ކުރެއްވުން އޮންނާނީ ބުރާސްފަތި ދުވަހު ހެނދުނު 9:30 ން 10:30އަށް މުލީއާގޭގައި ކަމަށެވެ. އަދި އީދު ސަލާން ކުރުމަށް މުލީއާގެއަށް ދިއުމުގެ ފުރުސަތު އާންމުކޮށް ވަނީ ހުޅުވާލާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

"އެހެންކަމުން، އީދު ސަލާން ކުރެއްވުމަށް ވަޑައިގަތުމަށް އެއްވެސް ބޭފުޅަކަށް ވަކިން ދައުވަތު އެރުވުމެއް ނޯންނާނެ. ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކާއި ބޭރު ޖަމާއަތްތަކުގެ އިއްޒަތްތެރިންނަށާއި މަންދޫބުންނަށް ވެސް މިފުރުސަތު ވަނީ ހުޅުއްވާލައްވާފައި،" އެ އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ އީދު ސަލާން ކުރަން ދާއިރު ކުޑަކުދިން ގެންދިއުމަކީ އެންމެ ރަނގަޅު ކަމެއް ކަމަށެވެ.

ޢީދު ސަލާން ކުރެއްވުމަށް، މުލީއާގެއަށް ދާ މީހުން މުލީއާގެއަށް ވަނުމަށް ހަމަޖެހިފައި ވަނީ، މެދުޒިޔާރަތް މަގަށް ހުންނަ މައި ދޮރޯށިންނެވެ.