05 Aug 2013, 23:00
ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ މީހެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ އަތުލި ކަމުގެ ތުހުމަތުގައި އަންހެނަކު ހޯދަން ފުލުހުން އިއުލާން ކޮށްފި އެވެ.
މަކަރާއި ހީލަތުގެ މައްސަލައާ ގުޅިގެން ހޯދަމުންދަނީ ހދ. ވައިކަރަދޫ، މޮހޮރީގެ އައިޝަތު ޝަރުމީނާ، 32، އެވެ.
ނަމަވެސް އޭނާއާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
ފުލުހުން ބުނީ ޝަރުމީނާއާ ބެހޭ އިތުރު ތަފްސީލެއް ލިބިފައިވާ ފަރާތެއްވާ ނަމަ އެކަން ވީހާ ވެސް އަވަހަށް ފުލުހުންނަށް އެންގުމަށް އެދޭ ކަމަށެވެ.
އަދި ޝަރުމީނާ އާ ބެހޭ މަޢުލޫމާތު ފުލުހުންނާ ހިއްސާކުރާ ފަރާތްތަކަށް ލިބިދޭން ޖެހޭ ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.