ރިސޯޓް ތަރައްގީކުރުމަށް ސަރުކާރުން ފުރުސަތު ހުޅުވާލި ހަތް ރަށުގެ ތެރެއިން ފަސް ރަށެއް ތަރައްގީ ކުރުމަށް ހަވާލުކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީ އިން މިއަދު ބުނީ ބީލަމަށް ހުށައެޅި ހަތް ރަށުގެ ތެރެއިން އެންމެ އެކަށީގެންވާ ހުށައެޅުމެއް ހުށައަޅާފައިވާ ފަރާތްތައް އިވެލުއޭޓްކުރުމަށް ފަހު އެ ފަރާތްތަކަށް ނޯޓިފިކޭޝަން އޮފް އެވޯޑް ލެޓާ މިއަދު ހަވާލުކޮށްފައިވާ ކަމަށެވެ.

އެގޮތުން ރ. ފަސްމަންދޫ ހަވާލުކޮށްފައި ވަނީ މުހައްމަދު ޝިވާޒް މޫސާ އަށްކަމަށްވާއިރު ނ. ކުންނަމެލައި ހަވާލުކޮށްފައި ވަނީ ޒުހުދާ އަލީ އަށެވެ. އަދި މ. މަޑިފުއްޓަށް މޯލްޑިވްސް އިންފްލައިޓް ކޭޓަރިން ޕުރައިވެޓް ލިމިޓެޑް އަށް ހަވާލުކޮށްފައިވާ އިރު ރ. ކުޑަފުއްޓަށް ހަވާލުކޮށްފައި ވަނީ ޕާލް ޕްރެސްޓީޖް ޕުރައިވެޓް ލިމިޓެޑް އަށެވެ. އަދި ތ. ވަންބަދި ހަވާލުކޮށްފައި ވަނީ ދަމަކް އޯޝަން ހައިޓްސް ކޮމްޕަނީ ލިމިޓެޑް އަށެވެ.

އެފަރާތްތަކަށް ޓިފިކޭޝަން އޮފް އެވޯޑް ލެޓާ ހަވާލުކޮށްފައިވާ އިރު މީގެ މަސް ދުވަސްތެރޭގައި އެކްއިޒިޝަން ކޮސްޓްގެ ގޮތުގައި ހުށައަޅާފައިވާ އަދަދު މީރާ އަށް ދައްކަންޖެހެ އެވެ.