އޭޑީކޭ ހޮސްޕިޓަލްގެ ލޭބާ ކުއާޓާގެ ކުޑަދޮރެއް ވެއްޓި ޕާކްކޮށްފައި އޮތް ކާރެއްގެ ވިންޑް ސްކްރީން ތަޅައިގެން ގޮސްފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޭޑީކޭ ހޮސްޕިޓަލްގެ ފުރަގަހުން ހުންނަ އެ ހޮސްޕިޓަލްގެ ލޭބާ ކުއާޓާގެ ކުޑަދޮރެއް ވެއްޓި ޕަކްކޮށްފައި އޮތް ކާރެއްގެ ވިންޑު ސްކްރީން ތަޅައިގެން ގޮސްފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ މިރޭ 7:30 އެހައިކަންހާއިރު ކަމަށެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

މިކަމާ ބެހޭގޮތުން އޭޑީކޭ ހޮސްޕިޓަލްގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.