މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ކަމަށް އެ ކައުންސިލްގެ ނާއިބް ރައީސް ކަމުގެ މަގާމުގައި ހުންނެވި ހުޝާމް މުހައްމަދު އަދި އެ ކައުންސިލްގެ ނާއިބް ރައީސް ކަމުގެ މަގާމަށް ޖައުފަރު ރަޝީދު އިންތިޚާބުކޮށްފި އެވެ.

މިއަދު ނެގި ސިއްރު ވޯޓުގައި ހުޝާމް އަށް ލިބިވަޑައިގެންފައި ވަނީ 10 ވޯޓެވެ. އޭނާއާ ވާދާކުރެއްވި އަބްދުﷲ ޝިނާނަށް ލިބިވަޑައިގަތީ ފަސް ވޯޓެވެ.

މީޑިއާ ކައުންސިލްގެ ނާއިބް ރައީސް ކަމުގެ މަގާމަށް ޖައުފަރު އިންތިޚާބުވެވަޑައިގަތީ އަށް ވޯޓުންނެވެ. އޭނާއާ ވާދަކުރެއްވި މުހައްމަދު ނަދީމަށް ހަ ވޯޓު ލިބިވަޑައިގަތް އިރު އަލީ ރަޝީދަށް ލިބިވަޑައިގެންފައި ވަނީ އެންމެ ވޯޓެކެވެ.

މީޑިއާ ކައުންސިލްގެ ރީސްގެ މަގާމު ހުސްވެފައި ވަނީ އެ މަގާމުގައި ހުންނެވި އިބްރާހީމް ޚަލީލް އިސްތިއުފާ ދެއްވުމުންނެވެ.