އެސްޓީއޯއިން ރާއްޖެ އެތެރެކޮށް ވިއްކާ ޖަޕާނުގެ މަޝްހޫރު ހިޓާޗީ ބްރޭންޑުގެ ހަދަކްރީ ކޫލްއަށް ހާއްސަކޮށްގެން "ހަދަކްރީ ކޫލް، ލައިކް އެންޑް ވިން" ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ރައްޔިތުންގެ ވިޔަފާރި ކުންފުނީގެ ޖެނެރަލް މެނޭޖަރު ސޭލްސް އެންޑް މާކެޓިން އާދަމް އާޒިމް ވިދާޅުވީ، ފޭސްބުކް މެދުވެރިކޮށް ކުރިއަށްގެންދާ އެ ޕްރޮމޯޝަންގައި ބައިވެރިވުމަށް،"އެސްޓީއޯގެ ފޭސްބުކް ޕޭޖް"އަށް "ލައިކް" ކުރުމަށްފަހު "ހަދަކްރީ ކޫލް ޕްރޮމޯޝަން ޕޯސްޓަރު" ފޭސްބުކްގައި ޝެއާ ކުރުމުން ޕްރޮމޯޝަންގައި ބައިވެރި ވެވޭނެ ކަމަށެވެ.

"މިއީ އަޅުގަނޑުމެން ފޭސްބުކް މެދުވެރިކޮށް ހިންގާ ޕްރޮމޯޝަނެއް. މި ޕްރޮމޯޝަންގައި ބައިވެރިވެލެއްވުމަށް އެސްޓީއޯ ފޭސްބުކް ޕޭޖަށް ލައިކް ކޮށް އަޅުގަނޑުމެންގެ ހަދަކްރީގެ ޕިކްޗާ ޝެއާކޮށްލުމުން، އެ ޝެއާ ކުރެއްވި ބޭފުޅުންގެ ތެރޭގައި ނެގޭ ގުރަކުން ހޮވޭ ފަރާތަކަށް މި ހަދިޔާ ކުރަނީ، ހަދަކްރީއަކާ އައިލޭޝް ކާލާއަކާ އެއްކޮށް،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ޖުލައި މަހުގެ 20 ވަނަ ދުވަހުން ފެށިގެން މިހިނގާ އޯގަސްޓް މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގެ މުއްދަތުގައި އެސްޓީއޯއިން ގަންނަ ހަދަކްރީ ކޮންމެ ޕްރޮޑަކްޓަކާއެކު، އައިލޭޝް ކާލާއެއް ހިލޭ ލިބޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ މި ޕްރޮމޯޝަންގެ މަގްސަދަކީ، މިހާ މުހިއްމު ޕްރޮޑަކްޓެއް، ވީހާ ވެސް ގިނަ ބޭފުޅުންނަށް ބޭނުން ކުރެވޭނޭގޮތް ހަދައިދިނުން،" އާޒިމް ވިދާޅުވި އެވެ. "މިއީ އަޅުގަނޑުމެން ގޭތެރޭގައި ތިބެގެން ވެސް ޒީނަތްތެރިވުމަށް ބޭނުން ކުރެވޭނެ ވަރަށް މުހިއްމު ޕްރޮޑަކްޓެއް. އަޅުގަނޑުމެން ސެލޫނަކަށް ގޮސްގެން ވެސް ކުރާ ހުރިހާ ކަމެއް ހަދަކްރީ ބޭނުން ކޮށްގެން ކުރެވޭ."

އާޒިމް އިތުރަށް ވިދާޅުވީ، މިއަހަރު ރަމަޟާން މަހަށް ހާއްސަކޮށްގެން އެސްޓީއޯއިން ކުރިއަށް ގެންދިޔަ ހުރިހާ ޕްރޮމޯޝަން ތަކަކީ ވެސް ވަރަށް ކާމިޔާބު ޕްރޮމޯޝަންތަކެއް ކަމަށެވެ.

"އަޅުގަނޑު ދަންނަވާނީ، ފަހުގެ ތާރީހެއްގައި އަޅުގަނޑުމެންނަށް ނުހިންގޭ ފަދަ ކާމިޔާބު ޕްރޮމޯޝަނެއް ރޯދަމަހަށް ހާއްސަކޮށްގެން މި ހިންގުނީ. މިފުރުސަތުގައި އަޅުގަނޑުމެންގެ ހުރިހާ ކަސްޓަމަރުންނަށް އަޅުގަނޑު ބޭނުންވޭ ޝުކުރު ދަންނަވާލަން،" އާޒިމް ވިދާޅުވި އެވެ.