ވަތަނިއްޔާގެ ކަސްޓަމަރުންނަށް އޮންލައިންކޮށް ބިލް ދެއްކޭނެ ހިދުމަތް "ވަތަނިއްޔާ އޮންލައިން" ގެ ނަމުގައި ތައާރަފްކޮށްފި އެވެ.

ވަތަނިއްޔާ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ސީނިއާ ސްޕެޝަލިސްޓް ޕީއާރު މާކެޓިން ކޮމިއުނިކޭޝަން މަރިޔަމް އަހުމަދު ދީދީ ވިދާޅުވީ މިއަދުން ފެށިގެން https://wataniya.mv/selfcare/index.html އަށް ވަނުމަށްފަހު ރަޖިސްޓްރީ ކުރުމުން އޮންލައިންކޮށް ވަތަނިއްޔާގެ ބިލްތަކަށް ފައިސާ ދެއްކޭނެ ކަމަށެވެ.

"މިހިދުމަތާއެކު ކޮންމެ ތަނެއްގައި ހުރެގެން ކޮންމެ ވަގުތެއްގައި ވެސް ވަތަނިއްޔާގެ ފޯނު ބިލްތަކަށް ފައިސާ ދެއްކޭނެ،" މަރިޔަމް ވިދާޅުވި އެވެ.

ވަތަނިއްޔާއިން އޮންލައިންކޮށް ބިލްތައް ދެއްކޭނެ ހިދުމަތް ތައާރަފްކޮށްފައިވާއިރު މިހާރު ވެސް އެ ކުންފުނިން ވަނީ ބިލް ދެއްކޭނެ ތަފާތު ހިދުމަތްތައް ދެމުންނެވެ. އޭގެ ތެރޭގައި އެކްސްޕީރިއެންސް ސެންޓަތަކުންނާއި ބީއެމްއެލްގެ ބްރާޗްތަކުންނާއި ޕޯސްޓް އޮފީހުގެ ބްރާންޗްތަކުން ބީއެމްއެލް ޑައިރެކްޓް ޑެބިޓް އަދި ބީއެމްއެލް އިންޓަނެޓް މެދުވެރިކޮށް ވަތަނިއްޔާގެ ބިލްތަކަށް ފައިސާ ދެއްކެ އެވެ.