05 Aug 2013, 12:14
ތ. ގުރައިދޫގައި ދެ ދޮން ދަރިންނަށް ޖިންސީ ގޯނާ ކުރަމުން ގެންދިޔަ ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި މީހަކު ތ. ތިމަރަފުށީ ކޯޓުން ދޫކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލައިގެ ތުހުގައި އިއްޔެ ރޭ ގުރައިދޫން ހައްޔަރު ކުރީ އުމުރުން 47 އަހަރުގެ ފިރިހެން މީހާ ރޭގެ ވަގުތެއްގައި ތިމަފުށީ ކޯޓަށް ބަންދުގެ މުއްދަތު ޖަހަން ގެންދިއުން ކޯޓުން އޭނާ ދޫކޮށްލާފައިވާ ކަމަށާއި ކޯޓުން އޭނާ ދޫކޮށްލައިފައި ވަނީ އެ މީހާ ބަންދުގައި ބަހައްޓަން ކޯޓަށް ނުފެންނަ ކަމަށް ބުނެ ކަމަށެވެ.
ކޯޓުން އެ މީހާގެ ބަންދުގެ މުއްދަތު ޖަހައިނުދީ ދޫކޮށްލި ނަމަވެސް އެ މައްސަލާގައި ޝިޔާރަޔަކަށް ވެފައިވާ، 17 އަހަރުގެ އަންހެން ކުއްޖާ އާއި 13 އަހަރުގެ ފިރިހެން ކުއްޖާ ވެސް ވަނީ އެ ކުދިންނާ މެދު އޭނާ ޖިންސީ ގޯނާ ކުރި ކަމުގެ ހެކި ދީފައި ކަމަށް ފުލުހުން ބުންޏެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެެ މައްސަލާގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވާ މީހަކީ ގުރައިދޫ އިންޖީނުގޭ މެނޭޖަރު އަހުމަދު ފުއާދު އެވެ.
ފުލުހުން އޭނާ ހައްޔަރުކުރީ ތ. އަތޮޅުގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރުން ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.