އަލޯރާ ރަމަޟާން ކްރިކެޓް ކާނިވަލް، ކޮމްޕެނީ ޓޭޕް ބޯލް ކްރިކެޓް މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި އިއްޔެ ހަވީރު އެސްޓީއޯއާ ވާދަކޮށް 50 ލަނޑުން ކޯސްޓްލައިން މެޗު ކާމިޔާބު ކޮށްފި އެވެ.

ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ދަނޑުގައި ކުޅުނު އެ މެޗުގެ ޓޮސްދިމާވުމުން ކޯސްޓްލައިން ކުޅެން އަރައި އަށް އޯވަރުގެ ތެރޭގައި އެއްވެސް ކުޅުންތެރިއަކު ނުބައި ނުވެ 107 ލަނޑު ހެދި އެވެ. އެޓީމުން އެންމެ ރަގަޅަށް ކުޅުނީ 32 ލަނޑުހެދި ދަރުސަނާއާއި 23 ލަނޑުހެދި ޗަނޫކާ އެވެ.

އެސްޓީއޯ ޓީމުން ޖަވާބުގައި ކުޅެން އަރައި، އަށް އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ، 67 ލަނޑެވެ. އެ ޓީމުން އެންމެ ރަގަޅަށް ކުޅުނީ 20 ލަނޑުހެދި ރުބެލް އެވެ. އެންމެ ރަގަޅަށް އުކީ 11 ލަނޑަށް ދެވިކެޓްނެގި މުހަންމަދު އެވެ.

މުބާރާތުގެ ސެމީ ފައިނަލް މެޗުތަށް ކުޅުމަށް ހަމަޖެހިފައިވަނީ، މިއަދު ހަވީރު އެވެ. ފުރަތަމަ މެޗުގައި ވާދަކުރާނީ، ކޯސްޓް ލައިންއާއި އެމްއޭސީއެލް އެވެ. ދެވަނަ މެޗުގައި ވާދަކުރާނީ ސޮނީ ހާޑްވެއާއާއި ކޭޕީއެމްޖީ އެވެ.