05 Aug 2013, 01:15
މިރޭ މާލޭގައި މާރާމާރީ ހިންގައި ޒުވާނަކު ޒަޚަމް ކޮށްލައިފި އެވެ.
ފުލުހުން ބުނީ މި ރޭ 12:18 އެހައިކަންހާއިރު ހިރިޔާ ސްކޫލް ކައިރީ ހިންގި މާރާމާރީއެއްގައި ޒަޚަމް ވެފައި ވަނީ އުމުރުން 32 އަހަރުގެ މީހަކު ކަމަށެވެ.
ހިރިޔާ ސްކޫލް ކައިރީގައި އޭނާ ހުއްޓާ ގްރޫޕަކުން ގޮސް ދިން ހަމަލާގައި އޭނާގެ ބޯ ފަޅައިގެން ގޮސްފައިވާ ކަމަށާއި މިހާރު އޭނާ އަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މާރާމާރީ ހިންގި މީހުން ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.