ހއ. ހޯރަފުށީގައި ޒުވާނަކު ދަންޖެހިގެން މަރުވެއްޖެ އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ހޯރަފުށީ ކައުންސިލް މެމްބަރަކު ވިދާޅުވީ މިރޭ 8:43 އެހާކަންހާއިރު އަމިއްލަ އަށް ދަންޖެހިގެން މަރުވީ އިސްތަފާގޭ އަހުމަދު ޝަފީގު، 27، ކަމަށެވެ.

އޭނާ ވިދާޅުވީ ޝަފީގު ދަންޖެހުމުން އެ މައުލޫމާތު އޭނާގެ އަންހެނުން ފުލުހުންނަށް ރިޕޯޓު ކުރި ކަމަށާއި ފުލުހުން އެތަނަށް ދިޔަ އިރު އެމީހާ ދަންޖެހުނު ވާގަނޑު އޮތީ ކަނޑާލާފައި ކަމަށެވެ.

އެ ރަށު ސިއްހީ މަރުކަޒަށް އޭނާ ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށް ކައުންސިލަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޝަފީގު ދަންޖެހިފައި ވަނީ އާއިލީ މައްސަލައަކާ ގުޅިގެން ކަމަށް އޭނާގެ އާއިލާ އިން މައުލޫމާތު ދީފައިވާ ކަމަށެވެ.