ނޫސްވެރިކަމުގެ ރޮނގުން ސަރުކާރުން ދޭ ހިތްވަރު ދިނުމުގެ ގައުމީ އިނާމު މިފަހަރު ހާސިލު ކުރެއްވި ހަމައެކަނި ނޫސްވެރިޔަކީ ސަން އޮން ލައިން އަދި ސަން މެގަޒިންގެ ޑެޕިއުޓީ އެޑިޓަރު މުންޑޫ އާދަމް ހަލީމް ކަމުން ސަން އޮންލައިނާއި ސަން އެފްއެމް އާއި ސަން މެގަޒިންގެ އެންމެހާ މުވައްޒަފުންގެ ނަމުގައި އޭނާ އަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވަމެވެ.  


އަދި ސަން މީޑިއާ ގްރޫޕްގައި އާދަމް ހަލީމް މިހާތަނަށް ކޮށްދެއްވި މަސައްކަތްތައް ފާހަގަކޮށް، އެކަމަށް ވަރަށް އިޚްލާސްތެރިކަމާ އެކު ޝުކުރު ދަންނަވަމެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އާދަމް ހަލީމްގެ އެއްބާރުލުން ސަން އަށް ލިބޭނެ ކަމަށް އުއްމީދުކުރަމެވެ.