04 Aug 2013, 10:42
ތ. ގުރައިދޫގައި ކުޑަ ދެ ކުއްޖަކަށް ތަކުރާރުކޮށް ޖިންސީ ގޯނާ ކުރަމުން ދިޔަ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ރޭ 9:30 ހާއިރު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައި ވަނީ އުމުރުން 47 އަހަރުގެ ފިރިހެނެއް ކަމަށެވެ.
ފުލުހުން ބުނީ ތަހުގީގަށް އެނގިފައިވާ ގޮތުގައި 47 އަހަރުގެ އެމީހާ ތަކުރާރުކޮށް ޖިންސީ ގޯނާ ކުރަމުން ގޮސްފައި ވަނީ 17 އަހަރުގެ އަންހެން ކުއްޖަކަށާއި 13 އަހަރުގެ ފިރިހެން ކުއްޖަކަށެވެ.
ތ. އަތޮޅުގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރުން ހުށަހެޅި އެ މައްސަލަ ގުރައިދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.