04 Aug 2013, 00:30
އެއްޖިންސުން ޖިންސީ ގުޅުން ހިންގި މައްސަލައެއްގައި ދެ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
އެ މައްސަލާގައި ދައުވާ ކުރުމަށް ޕީޖީ އަށް ފޮނުވާފައިވަނީ ށ.ފޯކައިދޫ ރިހިތަރި މުހައްމަދު އައިމަން 19، އާއި އެރަށު ވަލުގޭ އަލީ މޫސާ 44 ގެ މައްޗަށް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެ ދެމީހުންގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައިވަނީ މި އަހަރުގެ މެއި މަހުގެ 24 ވަނަދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ށ.ފޯކައިދޫގައި ހޮޓަލެއްގެ ބަދިގެތެރޭގައި އެއްޖިންސުން ޖިންސީ ގުޅުން ހިންގަން ތިބި މައްސަލައާ ގުޅިގެންނެވެ.
މި މައްސަލައާ ގުޅިގެން މި ދެމީހުން ހައްޔަރުކޮށްފައި ވަނީ ރެޑް ހޭންޑްކޮށް އެ ހޮޓާ ތެރޭގައި އެއްޖިންސުން ޖިންސީ ގުޅުން ހިންގަމުން ދަނިކޮށް ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނީ މި މައްސަލަ ޕީޖީ އަށް ފޮނުވާފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ކަމަށެވެ.