03 Aug 2013, 22:27
ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު އިންޑިޔާގެ ބޮޑުވަޒީރު މަންމޯހަން ސިން އާ މިއަދު ބައްދަލުކުރައްވައިފި އެވެ. މިބައްދަލުވުން އޮތީ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގަ އެވެ.
އިންޑިއާގެ އެކްޝަނަލް މިނިސްޓްރީ އިން ނެރުނު ބަޔާނަކާ ހަވާލާދީ، ބިޒުނަސް ސްޓޭންޑަޑުން މިއަދު ބުނީ ނަޝީދުގެ ކެންޑިޑެސީ ކެންސަލް ނުކޮށް އިލެކްޝަންސް ކޮމިޝަނުން ބަަލައިގަތުމުން ނަޝީދު ހުންނެވީ 'އުފަލުން' ކަމަށެވެ.
ނަޝީދު އިންޑިއާގެ ބޮޑުވަޒީރާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ދިވެހިންނަށް ފަސޭހައިން ވިސާ ލިބޭނެ އިންތިޒާމެއް ހަމަޖައްސަވައި ދެއްވުމަށް ދެންނެވި ކަމަށް އެ ނޫހުގައިވެ އެވެ.
އިންޑިޔާގެ ބޮޑުވަޒީރާ ހަވާލާ ދެއްވައި އެކްސްޓާނަލް މިނިސްޓްރީ އިން ނެރުނު ސްޓޭޓްމަންޓްގައި، ރާއްޖޭގައި އަންނަ މަހު އޮންނަ ރިޔާސީ އިންތިހާބު ސުލްހަވެރި އަމާން އޮމާން އިލެކްޝަނަކަށް ވުމަށް އިންޑިޔާގެ ބޮޑުވަޒީރު އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައިވެ އެވެ. އަދި ރާއްޖެ އަށް ހަމަޖެހުމާއި ސުލްހަ އަށް އެދިވަޑައިގަތެވެ.
ނަޝީދު އިއްޔެ ވަނީ އެކްސްޓާނަލް މިނިސްޓަރު ސަލްމާން ހޫރުސީދާ އިއްޔެ ބައްދަލު ކުރައްވައިފަ އެވެ.