03 Aug 2013, 15:01
ހދ. ކުޅުދުއްފުށީގައި ކައިވެނިން ބޭރުން ބަލިވެއިން 17 އަހަރުގެ އަންހެން ކުއްޖެއްގެ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ ކުޅުދުއްފުށީ ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރުން މިދިޔަ މަހުގެ 17 ވަނަ ދުވަހު ހުށަހެޅި އެ މައްސަލައާ ގުޅިގެން 22 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެމީހާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށާއި ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން އޭނާގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން އެ ކުއްޖާގެ ބަނޑަށް މިހާރު ހަތް މަސް ފުރިފައިވާ ކަމަށެވެ.