ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯރޕްރޭޝަން )އެޗްޑީއެފްސީ( އަށް އިނގިރޭސި ވިލާތުގެ ލަންޑަންގައި ހުންނަ ޔޫރަޕިއަން ސޮސައިޓީ ފޯ ކުއަލިޓީ ރިސާޗް )އީއެސްކިއުއާރް( އިން ދޭ ހާއްސަ އެވޯޑެއް ލިބިއްޖެ އެވެ.

މިދިޔަ މަހުގެ ހަތްވަނަ ދުވަހު ލިބުނު އެވޯޑަކީ އެޗްޑީއެފްސީއިން ހިދުމަތް ދިނުމުގައިއާއި ހިންގުމުގެ ފުރިހަމަކަމުން ލިބުނު އެވޯޑެކެވެ.

އެ ކުންފުނިން ބުނީ އީއެސްކިއުއާރް ކްއަލިޓީ އެޗީވްމަންޓް ޕްރޮގްރާމްއިން ހިންގުމުގެ ދާއިރާގައި ކުރިއެރުން ހޯދައި، ހިދުމަތް ލިބިދޭފަރާތް ތަކުގެ ހިޔާލާއި، އީއެސްކިއުއާރް އިން ނަގާ ޕޮލްތަކުންނާއި ދިރާސާކުރުމާއީ މާކެޓް ސްޓަޑީތައް ބަލަމުންގެންދެ އެވެ.

"އެޗްޑީއެފްސީ އިން ފައިސާ ހޭދަކުރުމުގައި ބިނާކުރަނެވި އެންމެ ރަނގަޅު އުސޫލްތައް ދަމަހައްޓައި އަދި ކަސްޓަމަރުންގެ ރައްކާތެރިކަން ބަލަހައްޓާ. މިކަން މިގޮތަށް ކުރަނީ އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން )އައިއެފްސީ( އިން އެކުލަވާލައިފައިވާ ފައިސާ އިންވެސްޓްކުރުމުގެ މިންގަނޑުތައް ބަލައިގެން،" އެޗްޑީއެފްސީން ބުންޏެވެ.

އައިއެފްސީ އަކީ ވޯލްޑް ބޭންކް ގްރޫޕްގެ މެމްބަރެއް އަދި އެޗްޑީއެފްސީ 23 ޖުލައި 2008 ގައި ޕްރަވަޓައިޒް ކުރުމުން އެޗްޑީއެފްސީގެ މައިގަނޑު އެއް ހިއްސާދާރެވެ. މި އިނާމް ލިބުމުން އެޗްޑީއެފްސީގެ މެނޭޖިން ޑައިރެކްޓަރު ވަނީ ވަރަށް ހޫނު މަރުހަބާއެއް އެޗްޑީއެފްސީގެ ބޯޑް އޮފް ޑައިރެކްޓާސްއަށާއި، މެނޭޖްމަންޓްއާއި، ސްޓާފުންނަށް ކިއައިފަ އެވެ.

އީއެސްކިއުއާރް އިންޓަނޭޝަނަލް އެވޯޑް ފޯ ކުއާލިޓީ އެޗީވްމަންޓް އަކީ އެޗްޑީއެފްސީއަށް ބައިންލްއަގްވާމީ ދާއިރާއިން ލިބުނު ދެވަނަ މިފަދަ މުހިއްމު އިނާމެވެ. މިގޮތުން ފުރަތަމަ ލިބުނު އިނާމަކީ ސްވިޒަރލޭންޑްގެ ޖެނީވާގައި 30 ސެޕްޓެމްބަރު 2012ގައި ބިޑް އިންޓަނޭޝަނަލް ސްޓާ ފޯ ކުއާލިޓީ ކޮންވެންޝަންގައި އެޗްޑީއެފްސީ ފާހަގަކޮށް އެކަން ދެނެގަތުމުގެ ގޮތުން އެކަން ފާހަގަ ކުރުމުގެ ގޮތުން ދިން އިނާމެވެ.

އެ ކުންފުނިން ބުނީ އެޗްޑީއެފްސީ އިން ބަލައިގަންނަ އަދި ހިދުމަތްތައް ގާއިމްކުރާ ކިއުސީ 100 ޓޯޓަލް ކުއާލިޓީ މެނޭޖްމަންޓް މޮޑެލް އަކީ ކަސްޓަރުންގެ ފުރިހަމަ ރުހުމާއި ހިތްހަމަޖެހުން ލިބި އަދި މީގެ އިތުރުން ކުންފުންޏަށް ފައިދާ ލިބޭ މޮޑެލްއެއް ކަމަށެވެ.

"މީގެ ހެއްކެއްގެ ގޮތުން އެއްއަހަރުން އަނެއް އަހަރަށް އެޗްޑީއެފްސީގެ ފައިދާ 33 ޕަސެންޓަށް ވަނީ 2012ގެ ނިޔަލަށް އިތުރުވެފަ އެވެ. އެޗްޑީއެފްސީގެ މާރކެޓް ޝެއާ 50 ޕަސެންޓް ވަނީ އިތުރުވެ ކަސްޓަމާ ރިޓެންޝަން ރޭޓް 98 ޕަސެންޓްގައި ހިފެހެއްޓި އަދި ޑިފޯލްޓް ރޭޓް ވަނީ އެއް ޕަސެންޓަށް ވުރެ ދަށްކުރެވިފައި،" އެޗްއެފްސީން ބުންޏެވެ.

މިދިޔަ އަހަރުގެ ޑިވިޑެންޑްގެ ގޮތުގައި ސާފު ފައިދާގެ ދިހަ ޕަސެންޓް ވަނީ މެއި 11ގައި ކަނޑައަޅައިފަ އެވެ.

އެޗްޑީއެފްސީގެ ސީނިއަ މެނޭޖަ ބިޒްނަސް ޑިވެލޮޕްމަންޓް މުހައްމަދު ޝަފީގް ވިދާޅުވީ އެ ކުންފުނިން ތައާރަފްކޮށް ތަރައްގީކުރާ ހިދުމަތްތަކަކީ އަބަދުވެސް ވަރަށް ވިސްނުންތެރި ކަމާއެކު ފުރިހަމަ ނަފާ ދިގު މުއްދަތަކަށް ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތެއްގައި ހިދުމަތް ދިނުމަށް ރޭވިގެން ދެވޭ ހިދުމަތްތަކެއް ކަމަށެވެ.

"މިގޮތުން މިކުންފުނިން ދޫކުރާ ހައުސިން ލޯނަށް ފައިސާ ދެއްކުމަށް 25 އަހަރަށް ބަހާލައިގެން މަހަކު ދައްކަން ޖެހޭ މިންވަރު އެންމެ ކުޑަކޮށް ދެއްކުމުގެ ޕްލޭން ކަމަށްވާ ފްލެކްސިބަލް އިންސްޓޯލްމަންޓް ޕްލޭން ) ފްލިޕް( ގެ ހިދުމަތް މިހާރުވަނީ ތައާރަފްކޮށްފައި،" އޭނާ ވިދާޅުވި އެވެ.