02 Aug 2013, 14:10
އެމެރިކާގައި ގާތުން ކިރުދޭ މައިންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. ދަ ސެންޓްރަލް ޑިޒީސް ކޮންޓްރޯލް (ސީޑީސީ) އެންޑް ޕްރިވެންޓޭޝަންގެ 2013ގެ ހޯދުންތަކުން އެނގުނު ގޮތުގައި ޅަ މައިންގެ 77 ޕަސެންޓް މީހުން އަންނަނީ އެއީ މީހުންގެ ތުއްތު ކުދިންނަށް ގާތުން ދެމުންނެވެ. އަދި މިއީ މީގެ 10 އަހަރު ކުރިއާ އަޅާ ބަލާ އިރު ހަ ޕަސެންޓްގެ ކުރި އެރުމެއް ކަމަށް ވެސް ދިރާސާތަކުން ދައްކަ އެވެ.
ދިރާސާ އިން ދައްކާ ގޮތުގައި ގާތުންދޭ މައިންގެ ދެ ބައިކުޅަ އެއްބައި މައިން ކުއްޖާގެ އުމުރުން ހަ މަސް ވަންދެން ގާތުންދެ އެވެ.
ސީޑީސީ ޑައިރެކްޓާ ޓޮމް ފްރައިޑެންއާ ހަވާލާދީ ސީބީއެސް ނިއުސް އިން ބުނި ގޮތުގައި ގާތުން ކިރުދޭ ކުދިން، ކަންފަތުގެ އިންފެކްޝަނާއި ގޭސް، ޑައިބެޓީސް ފަދަ ބަލިތަކުން ސަލާމަތްކޮށްދެ އެވެ. އަދި ގާތުންދޭ މައިންނަށް ބްރެސްޓް ކެންސަރާއި އޯވަރީއަށް ޖެހޭ ކެންސަރުން ސަލާމަތްކޮށްދެ އެވެ.
ސީޑީސީގެ 2010 ވަނަ އަހަރުގެ ދިރާސާ ދައްކާ ގޮތުން އޭރު، ތުއްތު ކުއްޖާގެ އުމުރުން ހަ މަސްވަންދެން ގާތުން ކިރު ދިނީ، 49 ޕަސެންޓް އަންހެނުންނެވެ. ހަތާވީސް ޕަސެންޓް މީހުން ދަރިފުޅުގެ އުމުރު އަހަރު ވަންދެން ގާތުންދެ އެވެ.
ސީޑީސީ އިން ބުނީ ރެކަމެންޑްކޮށްފައި އަދަދަށް މައިން ގާތުން ދޭ ނަމަ އަހަރަކު 2.2 ބިލިއަން ޑޮލަރު ސަލާމަތްވާނެ ކަމަށެވެ.