ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑް (އެޗްޑީއެފްސީ) އަށް މިއަހަރުގެ ދެ ވަނަ ކުއާޓާގައި 12.6 މިލިއަން ރުފިޔާގެ ފައިދާއެއް ވެއްޖެ އެވެ.

އެޗްޑީއެފްސީން ނެރުނު މިއަހަރުގެ ދެވަނަ ކުއާޓަރުގެ ރިޕޯޓުގައިވާ ގޮތުން އެ ކުންފުންޏަށް ހިންގުމުގެ ފައިދާގެ ގޮތުގައި 17 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި އެ ކުއާޓަރުގައި 12.6 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ލިބިފައިވެ އެވެ. މި އަހަރުގެ ފުރަތަމަ ކުއާޓާގައި ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ލިބިފައިވަނީ 13 މިލިއަން ރުފިޔާ އެވެ.

އެ ކުންފުނީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް އެ ކުންފުންޏަށް ވަނީ ޖުމްލަ ފައިދާގެ ގޮތުގައި 25 މިލިއަން ރުފިޔާ ލިބިފަ އެވެ.

އެޗްޑީއެފްސީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓަރުގައި ހިއްސާއަކަށް ފައިދާގެ ގޮތުގައި 7.92ރ. ޖެހިފައިވެ އެވެ. ފުރަތަމަ ކުއާޓަރުގައި ހިއްސާއަކަށް ޖެހިފައި ވަނީ 8.37ރ. އެވެ.

ނެރެން ޖެހޭ ތާރީހަށް މި އަހަރުގެ ދެ ވަނަ ކުއާޓާގެ ރިޕޯޓް އާންމު ނުކޮށްގެން އެޗްޑީއެފްސީ ވަނީ 30،000ރ. އިން ޖޫރިމަނާކޮށްފަ އެވެ.