02 Aug 2013, 12:03
މަޖީދީމަގު ތެލެސީމިއާ ސެންޓަރު ކުރިމަތީގައި ހުންނަ ހ. ލަންޗްމީޑް ގޭގެ ހަތަރު ވަނަ ބުރީގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފްގެ ޑެޕިއުޓީ ސްޕޯކްސް ޕާސަން މޭޖާ ހުސައިން އަލީ މިއަދު ސަން އަށް ވިދާޅުވީ އެ ގޭގައި ހުންނަ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ އޮފީހެއްގައި އަލިފާން ރޯވި ކަމުގެ މައުލޫމާތު މިއަދު ހެނދުނު 11:00 ޖަހާކަންހާއިރު ލިބުމުން ފަޔާ އެންޑް ރެސްކިއު ސާވިސް ޓީމުން އަލިފާންގަނޑު މިހާރު މުޅިން ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށެވެ. ނަމަވެސް އެތަނުގައި ހުރި ބައެއް ސާމާނަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.
"އަދި ދުން ބޯކަމުން އެއުޅެނީ މައުލޫމާތު ސާފުނުވެގެން. މިހާތަނަށް އަޅުގަނޑުމެނަކަށް މައުލޫމާތެއް ލިބިފައެއްނެތް އެތަނުގެ ތެރޭގައި މީހަކު ހުރި ކަމެއް ވެސް އަދި ނެތް ކަމެއް ވެސް،" ހުސެއިން އަލީ ވިދާޅުވި އެވެ.
ހުސައިން އަލީ ވިދާޅުވީ އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމުގެ މަސައްކަތް ފުލުހުންނާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.