ކުރިކެޓް ބޯޑުން އިންތިޒާމްކޮށްގެން ބޭއްވި އަލޯރާ ރަމަޟާން ކްރިކެޓް ކާނިވަލް ކޮމްޕެނީ ޓޭޕް ބޯލް ކްރިކެޓް މުބާރާތުގެ މިއަދު ކުޅުނު މެޗްތަކުން އެއާޕޯޓްސް ކޮމްޕެނީ އާއި ޕޭން އޯސަން އިންޓަނޭޝަނަލް ޓީމް މޮޅުވެއްޖެ އެވެ.

މިއަދުގެ ފުރަތަމަ މެޗް މޯލްޑިވްސް ޕޯޓްސް ކޮމްޕެނީ ލިމިޑެޓްއާއި ބައްދަލުކޮށް 21 ލަނޑުން ކާމިޔާބުކުރީ އެއާޕޯޓް ކޮމްޕެނީގެ ޓީމްއެވެ. ދެވަނަ މެޗް އެސްޓީއޯއާއި ބައްދަލުކޮށް 37 ލަނޑުން ކާމިޔާބުކުރީ ޕޭން އޯސަންއެވެ.

ފުރަތަމަ މެޗް ޓޮސް ދިމާވުމުން އެއާޕޯޓް ކޮމްޕެނީ ގަސްދުކުރީ ކުޅުމަށެވެ. ކުޅެންއަރާ ދެ ކުޅުންތެރިން ނުބައިވެގެން އަށް އޯވަރުގެތެރޭގައި ހެދުނީ 121 ލަނޑުއެވެ. އެންމެ ރަގަޅަށް ކުޅުނީ 34 ލަނޑުހެދި މުހަންމަދު ސަމީންއެވެ.

ޖަވާބުގައި ޕޯޓްސް ލިމިޑެޓް ކުޅެންއަރާ އަށް އޯވަރުގެތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން 100 ލަނޑުހެދިއެވެ. އެންމެ ރަގަޅަށް ކުޅުނީ 34 ލަނޑުހެދި އަހްމަދު އުމަރުއެވެ.

ދެވަނަ މެޗް ޓޮސްދިމާވުމުން ކޯސްޓްލައިން ކުޅެންއަރާ އަށް އޯވަރުގެތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން 119 ލަނޑުހެދިއެވެ. އެންމެ ރަގަޅަށް ކުޅުނީ 31 ލަނޑުހެދި މުހަންމަދު އިމްރާންއެވެ. ޖަވާބުގައި އެސްޓީއޯ ކުޅެންއަރާ އަށް އޯވަރުގެތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން 82 ލަނޑުހެދިއެވެ. އެންމެ ރަގަޅަށް ކުޅުނީ 21 ލަނޑުހެދި އަލީމްއެވެ.

މިމުބާރާތުގައި މާދަމާ ވެސް ދެމެޗް ކުޅެވޭނެއެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ކޯސްޓްލައިންއާއި ޕޭން އޯސަން ދެވަނަ މެޗްގައި ބައްދަލުކުރާނީ ސޮނީ ހާރޑްވެއަރއާއި އެސްޓީއޯއެވެ. ކުޅުން ފެށޭނީ 4:10 ގަ އެވެ. ކުޅުން ކުރިއަށް ދާނީ ކުޅިވަރު އެކުވެނީގެ އެއްނަންބަރު ދަނޑުގައެވެ.