01 Aug 2013, 15:47
ދިރާގަށް މި އަހަރުގެ ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 137.3 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ސަރުކާރާއި ބަހުރެއިން ޓެލެކޮމް އަދި އާއްމު ހިއްސާދާރުން ހިއްސާވާ މުއާސަލާތީ ކުންފުނިން މިއަދު ނެރުނު ދެވަނަ ކުއާޓަރުގެ މާލީ ބަޔާން ދައްކާ ގޮތުން ޓެކްސް އަށް ކެނޑުމުގެ ކުރިން 160.9 މިލިއަން ރުފިޔާ ފައިދާވެފައިވެ އެވެ. އަދި ޖޫން މަހުގެ ނިޔަލަށް ހިއްސާގެ ފައިދާއަކަށް ޖެހިފައި ވަނީ 1.81ރ. އެވެ.
ދިރާގަށް މިދިޔަ އަހަރުގެ ދެ ވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 103.1 މިލިއަން ރުފިޔާ އެވެ.
އެ ކުންފުނީގެ މާލީ ބަޔާނުގައިވާ ގޮތުން މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް 499 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވެ އެވެ. އަދި އެ މުއްދަތުގައި ކުންފުނި ހިންގުމުގެ ހަރަދުގެ ގޮތުގައި 230.2 މިލިއަން ރުފިޔާ ހަރަދުވެފައިވެ އެވެ.