ރޯދަމަހު ދުވާލުގަޑީގައި ކާންތިބި ދެ މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ދައުވާ ކުރަން ޕީޖީ އަށް ފޮނުވާފައި ވަނީ ހ.ހެޕީވިލާ މުހައްމަދު ސައީދު 42، އާއި ނ. މާފަރު ވައިލެޓް އިބްރާހީމް އަލީ 18، ގެ މައްޗަށެވެ.

އެ ދެ މީހުންގެ މައްޗަށް ދައުވާ ކުރަން ޕީޖީ އަށް ފޮނުވާފައި ވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހުގެ މެންދުރު 2:05 އެހައިކަންހާއިރު ކާނިވާ ސަރަހައްދު ސްޓޭޖް ފުރަގަހުގައި އެ ދެ މީހުން ކާންތިއްބައި ފެނިފައިވާތީ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެ މީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.