01 Aug 2013, 14:35
ފުވައްމުލަކު އަތޮޅު ކައުންސިލް އިދާރާގެ ތިޖޫރިން ބައިލައްކަ އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި އެވެ.
ފުލުހުން މިއަދު ބުނީ ތިޖޫރިން ފައިސާތައް ވަގަށް ނެގި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މިދިޔަ ހޯމަ ދުވަހުގެ ފަތިހު 5:00 އެހާކަންހާއިރު ކަމަށެވެ.
އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ތިޖޫރިން ފައިސާ ވަގަށް ނަގާފައި ވަނީ އަތޮޅު ކައުންސިލް އިދާރާގެ ކުޑަ ދޮރެއް ހަލާކުކޮށްލައިގެން ވަދެ ތިޖޫރީގެ ތަޅުދަނޑި ބޭނުންކޮށްގެން ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ކުޑަދޮރު ހަލާކޮށްލައިގެން ވަން މީހުންނަށް ތިޖޫރީގެ ތަޅުދަނޑި ލިބުނީ ކިހިނެއްތޯ ސާފުކުރުމަށް ރަށު ކައުންސިލުން ގުޅި އިރު ފޯނު ނުނަގާތީ އެކަން ވަނީ ސާފުކުރެވޭ ގޮތް ނުވެފަ އެވެ.