ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމްގެ) ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ އެސިސްޓެންޓް ކޯޗު މުހައްމަދު ނާސިރު (ނާބެ) ހަމަޖައްސައިފި އެވެ.

ނާބެ، ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ހަމަޖެއްސީ ހުސްވި މަހުގެ 25 ވަދުވަހު ކަމަށް އޭނާ މިއަދު ވަނީ ސަންއަށް ކަށަވަރު ކޮށްދީފަ އެވެ.

އެފްއޭއެމްގެ ނައިބު ރައީސް އަބްދުލް މުހުސިން ހަމީދު (ޖޭފޯ) މިއަދު ވިދާޅުވީ، އެފްއޭއެމްގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ނާބެ ހަމަޖެއްސީ އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ހާނިމްއަށް ފަސޭހަ ކޮށްދިނުމުގެ މަގްސަދުގައި ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަގައި ވެސް ވަރަށް ގިނަ ކަންތައްތަކެއް ކުރަންޖެހިފައި އޮތުމުން ކަމަށެވެ.

"ނާބެއަށް އެމަގާމް ދިނުމުން ހާނިމް މިހާރު ކުރާ މަސައްކަތައް ފަސޭހަވެގެން ދާނެ. މިހާރު ދެތިން ދުވަހެއް ވެއްޖެ ނާބެ އެމަގާމަށް ހަމަޖެއްސިތާ" ޖޭފޯ ވިދާޅުވި އެވެ.