ކޯޓުގެ ހުރުމަތް ކަނޑާލައި ކޯޓުގެ ތަކެއްޗަށް ގެއްލުންދިން މީހަކު ތިން މަސް ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ލ. ދަނބިދޫ ނަންރީތިގޭ، ހަސަން އިމްރާންގެ މައްޗަށް ކޯޓުން ހުކުމް ކުރީ ވައްކަމުގެ ތުހުމަތުގެ މައްސަލައަކާ ގުޅިގެން މުއްދަތު ޖަހަން ކޯޓަށް ގެންގޮސް، ޝަރީއަތުގެ މަޖިލީހަށް ހާޒިރު ކުރުމަށް ފަހު، ޝަރީއަތް ނިމިގެން ކޯޓުގައި ބައިންދާފައި އިންދާ ކޯޓުގެ ބައެއް ތަކެއްޗަށް ގެއްލުން ދިނުމާ ގުޅިގެންނެވެ.

މީގެ އިތުރުން އޭނާ ކޯޓުގެ ތަކެއްޗަށް ގެއްލުން ދިނުމުގެ އިތުރުން ފުލުހުންނާ މުހާތަބުކޮށް ހަޑިހުތުރު ބަހުން މުހާބަތުކޮށް ކޯޓުގެ ހުރުމަތް ކަނޑާލައިފައިވާ ކަމަށް ވެސް ކޯޓުގެ ހުކުމްގައި ބުނެފައިވެ އެވެ.

އޭނާގެ މައްޗަށް ހުކުމްކޮށްފައި ވަނީ ކޯޓުގެ ހުރުމަތް ރައްކާކުރުމާ ބެހޭ ގަވާއިދާ ހަވާލާދީ ގާނޫނު އުގޫބާތުގެ 88 ވަނަ މައްދާގެ ދަށުން ނެވެ.