ކުރިކެޓް ބޯޑުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ އަލޯރާ ރަމަޟާން ކްރިކެޓް ކާނިވަލް، ކޮމްޕެނީ ޓޭޕް ބޯލް ކްރިކެޓް މުބާރާތުގައި އިއްޔެ ކުޅުނު މެޗްތަކުން ކޭޕީއެމްޖީ އާއި ކޯސްޓްލައިން މޮޅުވެއްޖެ އެވެ.

އިއްޔެގެ ފުރަތަމަ މެޗް މޯލްޑިވްސް ޕޯޓްސް ލިމިޑެޓްއާއި ބައްދަލުކޮށް ހަތް ވިކެޓުން ކާމިޔާބުކުރީ ކޭޕީއެމްޖީގެ ޓީމްއެވެ. ދެވަނަ މެޗް ސޮނީ ހާޑްވެއާއާއި ބައްދަލުކޮށް ފަސް ވިކެޓުން ކާމިޔާބުކުރީ ކޯސްޓްލައިން އެވެ.

ފުރަތަމަ މެޗް ޓޮސް ދިމާވުމުން ކޭޕީއެމްޖީ ގަސްދުކުރީ ހޮވުމަށެވެ. ޕޯރޓްސް ލިމިޓެޑް ކުޅެންއަރާ ހަ ކުޅުންތެރިން ނުބައިވެގެން އަށް އޯވަރުގެތެރޭގައި ހެދުނީ 62 ލަނޑެވެ. އެންމެ ރަގަޅަށް ކުޅުނީ 11 ލަނޑުހެދި މުހަންމަދު އާމިރުއެވެ. ޖަވާބުގައި ކޭޕީއެމްޖީ ކުޅެންއަރާ 5 އޯވަރުގެތެރޭގައި އެއް ކުޅުންތެރިއަކު ނުބައިވެގެން 63 ލަނޑުހެދި އެވެ. އެންމެ ރަގަޅަށް ކުޅުނީ 31 ލަނޑުހެދި ޕްރަދީތާ އެވެ.

ދެވަނަ މެޗް ޓޮސްދިމާވުމުން ކޯސްޓްލައިން ގަސްދުކުރީ ހޮވުމަށެވެ. ސޮނީ ހާޑްވެއާ ކުޅެންއަރާ އަށް އޯވަރުގެތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން 61 ލަނޑުހެދި އެވެ. އެންމެ ރަގަޅަށް ކުޅުނީ 17 ލަނޑުހެދި ސިޔާމް އެވެ. ޖަވާބުގައި ކޯސްޓްލައިން ކުޅެންއަރާ ހަ އޯވަރުގެތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން 63 ލަނޑުހެދި އެވެ. އެންމެ ރަގަޅަށް ކުޅުނީ 26 ލަނޑުހެދި ތެހެރާން އެވެ.

މުބާރާތުގައި މިއަދުވެސް ދެމެޗް ކުޅެވޭނެ އެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރާނީ މޯލްޑިވްސް ޕޯޓްސް ލިމިޑެޓްއާއި މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީގެ ޓީމް އެވެ. ދެވަނަ މެޗްގައި ބައްދަލުކުރާނީ ޕޭން އޯސަންއާއި އެސްޓީއޯ އެވެ. ކުޅުން ފެށޭނީ ހަވީރު 4:10ގަ އެވެ. ކުޅުން ކުރިއަށް ދާނީ ކުޅިވަރު އެކުވެނީގެ އެއްނަންބަރު ދަނޑުގަ އެވެ.