ކާބޯ ވެޓަރަންސް ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ސެމީ ފައިނަލް މެޗުގައި ދިވެހި ސިފައިންގެ ކްލަބް އާއި އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) ބައްދަލުކުރި މެޗު ސިފައިންގެ ކްލަބް ކާމިޔާބުކޮށްފި އެވެ.

ޓާފް އެއްނަންބަރު ދަނޑުގައި އިއްޔެ ހަވަީރު ކުޅުނު މެޗް ޑީއެސްސީ ކާމިޔާބުކުރީ 2-1 ލަނޑުން ނެވެ.

އިއްޔެގެ މެޗްގައި ސިފައިންޖެހި ދެ ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު ޖަހާފައި ވަނީ މެޗުގެ 25 ވަނަ މިނެޓްގަ ކެޕްޓަން އަލީ ނަޖީބު އެވެ. އަދި ދެ ވަނަލަނޑު ޖަހާފައި ވަނީ 32 ވަނަ މިނެޓްގައި ހަމްދާން ޖައުފަރެވެ. އަދި އިއްޔެގެ މެޗުގައި އޭވައެލްއިންޖެހި އެ ޓީމުގެ ހަމައެނަކި ލަނޑު ދެވަނަހާފްގައި ޖަހައިދިނީ އަލީ ހަލީމެވެ.

އިއްޔެގެ މެޗްގެ މޭން އޮފް ދަ މެޗަކަށް ހޮވިފައި ވަނީ ދިވެހި ސިފައިން ކުލަބުގެ ހަމްދާން ޖައުފަރެވެ.

އިއްޔެގެ މެޗުން ސިފައިން މޮޅުވުމުން އެ ޓީމް ވަނީ މުބާރާތުގެ ތިން ވަނަ ސެމީއަށް ދަތުރު ކޮށްފަ އެވެ. އެހެން ކަމުން ތިން ވަނަ ސެމީގައި ސިފައިން ވާދަކުރާންޖެހެނީ ސެމީގެ ފުރަތަމަ މެޗުގައި ނިއުއަތުން ބަލިވި ކުލަބް އީގަލްސްއާއި ދެކޮޅަށެވެ. މިމެޗް އޮންނާނީ ހޮނިހިރުދުވަހު އެވެ. މެޗުން މޮޅުވާ ޓީމެއް ފައިނަލަށް ދަތުރުކުރާނެ އެވެ. މުބާރަތުގެ ފައިނަލުގެ ހަމައެކަނި ޖާގަ އަދި ހޯދި ޓީމަކީ ނިއު އެވެ.

މުބާރާތުގެ ފައިނަލް މެޗް ކުޅޭނީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު އެވެ.