31 Jul 2013, 11:43
ހއ. އިހަވަންދޫގައި 18 އަހަރުން ދަށުގެ ކުޑަ އަންހެން ކުއްޖަކަށް ބިރު ދައްކައިގެން އެ ކުއްޖާއާ މެދު ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއްގެ ތުހުމަތުގައި ހަތަރު މީހެއްގެ މައްޗަށް ދައުވާކުރަން ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އެ މައްސަލައިގެ ތުހުމަތުގައި ދައުވާ ކުރުމަށް ފޮނުވާފައި ވަނީ އިހަވަންދޫ، ފަހިވާ، މުހައްމަދު ފިރާގު، 18، އާއި އެރަށު ޅޮސްމާގެ، ހުސައިން އައިމަން، 19، އާއި ސިތާރާގެ، ހުސައިން އަހުމަދު، 19، އާއި އެވާބްލޫ، ހުސައިން ރަޝީދު (29އ)ގެ މައްޗަށެވެ.
ފުލުހުންގެ އިދާރާ އިން ބުނީ މި ހަތަރު މީހުން އެކުއްޖާ އަށް ބިރުދައްކައިގެން އެކިފަހަރު ބަދުއަހުލާގީ އަމަލު ހިންގާފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައި ވަނީ މި އަހަރުގެ އެޕްރީލް މަހު ކަމަށެވެ. މި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރުމަށް ފޮނުވާފައި ވަނީ މި މަހުގެ 21 ވަނަ ދުވަހު އެވެ.