ކުޑަ ފިރިހެން ކުއްޖަކަށް ޖިސްމާނީގޮތުންނާއި ނަފްސާނީގޮތުން ގޯނާކުރި މައްސަލައެއްގެ ތަހުގީގު ނިންމައި ތުހުމަތު ކުރެވޭ އަންހެނެއްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

ފުލުހުން ބުނީ ކުޑަފިރިހެން ކުއްޖަކަށް ޖިސްމާނީގޮތުންނާއި ނަފްސާނީގޮތުން ގޯނާކުރި ކަމުގެ ތުހުމަތުގައި ދައުވާ ކުރަން ޕީޖީ އަށް ފޮނުވާފައި ވަނީ ހއ.ކެލާ، ތޮށިމަތީގޭ ފަހީމާ އަލީ 47، ގެ މައްޗަށް ކަމަށެވެ.

ފަހީމާ އަލީގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވަނީ އޭނާ މާލޭގައި ދިރިއުޅެމުންދިޔަ ގޭގައި ގެންގުޅުނު 11 އަހަރުގެ ކުއްޖަކަށް ޖިސްމާނީގޮތުންނާއި ނަފްސާނީގޮތުން ގޯނާކޮށްފައިވާކަމަށް ތުހުމަތު ކުރެވޭތީ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެ މައްސަލަ ޕީޖީ އަށް ފޮނުވާފައި ވަނީ މި މަހުގެ 21 ވަނަ ދުވަހު ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.