ނިދާފައި އޮތް މީހެއްގެ އަތުގައި އަޅާފައި ހުރި ރަން ކެވެލިތަކާއި ފޯނެއް ވަގަށް ނެގި މީހަކު އެ ތަކެއްޗާ އެކު ހައްުޔަރުކޮށްފި އެވެ. އައްޑޫސިޓީ މަރަދޫފޭދޫ ގެއެއްގެ ތެރޭގައި ނިދާފައި އޮތް އަންހެން މީހެއްގެ އަތުން ގަހަނާތަކާއި ފޯނެއް ފޭރުނު މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 21 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން މައުލޫމާތުދީފައިވާ ގޮތުގައި އެ އަންހެން މީހާ އަތުން ގަހަނާއާއި ފޯނު ފޭރިފައިގެން ފައި ވަނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ދަންވަރު 01:30 ހާއިރު ކަމަށެވެ. އަދި ފޭރުނު މީހާ އަތުލައިގަންފައި ވަނީ ރަން ކެވެލިތަކަކާއި ފޯނެއް ގެއްލިފައިވާ ކަމަށް ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން އެތަކެތި ހޯދުމަށް ގަން ޕޮލިސް ސްޓޭޝަނުގައި ފުލުހުން އެރަށަށް ގޮސް ތުހުމަތު ކުރެވޭ މީހާ ހޯދުމަށް ކުރި މަސައްކަތުން އެރަށު ފަޅު ގެއެއްގެ ތެރޭގައި މީނާ ހުއްޓައި ފެނިގެން އިއްުޔެ ހެނދުނު ކަމަށެވެ.

ފުލުހުން މިހާރު ގެންދަނީ އިތުރަށް އެެ މައްސަލަ ތަހްގީގުކުރަމުން ކަމަށް ވެސް ފުލުހުންބުނެ އެވެ.