14:30


ސިވިލް ސާވިސް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމަށް ކުރި މަސައްކަތް އެނގޭނެ ރިޕޯޓެއް މި މަސް ނިމުމުގެ ކުރިން ހުށަހެޅުމަށް ހުރިހާ އޮފީސްތަކަކަށް ސިވިލް ސާވިސް ކޮމިޝަނުން އަންގައިފި އެވެ.


އެ ކޮމިޝަނުން ނެރުނު ސާރކިއުލާއެއްގައި ވާގޮތުން، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމަށް މިދިޔަ އަހަރުގެ ފެބުރުއަރީން މިއަހަރުގެ ޖެނުއަރީގެ ނިޔަލަށް ކޮށްފައިވާ މަސައްކަތްތައް އެ ރިޕޯޓުގައި ހިމަނަންޖެހެ އެވެ. އެގޮތުން މުވައްޒަފުންނަށް މާކްސް ދިނުމަށް އެކުލަވާލާއިފައިވާ ފޯމް ފުރިހަމަކޮށް މާކްސް ދެވުނު މުވައްޒަފުންގެ އަދަދުގެ އިތުރުން ފޯމް ފުރިހަމަކޮށްފައިނުވާ މުވައްޒަފުންގެ އަދަދު ވެސް ހިމަނަންޖެހެ އެވެ. އަދި މުވައްޒަފުންގެ ފެންވަރު މަތިކުރުމަށް އެ އޮފީހަކުން ހިންގި ތަމްރީނު ޕްރޮގްރާމްތަކުގެ ތަފްސީލް ވެސް ހިމަނަންޖެހޭ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.