29 Jul 2013, 12:44
ޓްރިވެންޑްރަމުން މިއަދު ހެނދުނު މާލެ އަންނަން އޮތް އެއާ އިންޑިއާގެ މަތިންދާބޯޓުގެ އެއް ފުރޮޅުގެ ޓަޔަރު ހަލާކުވެގެން މާލެ އައުސް ލަސްވެއްޖެ އެވެ.
ޓައިމްސް އޮފް އިންޑިއާގައި ބުނެފައި ވަނީ ޓަޔަރު ހަލާކުވިކަން އެނގުނީ ހެނދުނު 6:40 ގައި ޗެންނާއީން ޓްރިވެންޑްރަމަށް އެ ބޯޓު ނައްޓާލަން އުޅެނިކޮށް ކަމަށެވެ. އެ ވަގުތު ބޯޓުގައި 43 ޕެސެންޖަރުން ތިބި ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.
އެ ބޯޓު މާލެއައުމަށް ހަމަޖެހިފައި އޮތީ ޓްރިވެންޑްރަމަށް ދިއުމަށް ފަހު އެވެ. ނަމަވެސް އެ ބޯޓަށް ދިމާވި މައްސަލައާ ގުޅިގެން ޕެސެންޖަރުން ޓްރިވެންޑްރަމަށް ފޮނުވީ އެހެން މަތިންދާބޯޓެއްގަ އެވެ.
އެ ނޫހުގައި ބުނެފައި ވަނީ އެ ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް ގެއްލުމެއްވެފައިނުވާ ކަމަށެވެ. ނަމަވެސް އެ ހާދިސާ ހިނގުމާ ގުޅިގެން އެ ވަގުތު ޖައްސަން އޮތް ބްރިޓިޝް އެއާވޭސްގެ މަތިންދާބޯޓު ތިން ގަޑިއިރަށް ލަސްކުރަން ޖެހުނު ކަމަށް ޓައިމްސް އޮފް އިންޑިއާގައި ބުނެފައިވެ އެވެ.
ައެއާޕޯޓުގެ އޮފިޝަލަކު ވިދާޅުވީ ހެނދުނު 10:50 ގައި ޖައްސަން އޮތް ފްލައިޓް ޑިލޭވުމުން މިހާރު ޖައްސަން ހަމަޖެހިފައި ވަނީ 13:40 ގައި ކަމަށެވެ.