29 Jul 2013, 10:54
ސްޕެއިންގެ ބާސެލޯނާގައި މިހާރު ކުރިއަށްދާ 15 ވަނަ ފިނާ ވޯލްޑް ޗެމްޕިއަންޝިޕްގެ 50 މީޓަރު ބަޓަފްލައި ހީޓުން ރާއްޖޭގެ މުހައްމަދު މުއްތަސިމް އަދުނާން ތިނަ ވަނަ ހޯދައިފި އެވެ.
މުއްތަސިމް 50 މީޓަރު ބަޓަފްލައިގެ ހީޓުން ތިން ވަނަ ހޯދީ އޭނާއާ އެކު ވާދަކުރި ހަތް ފެތުންތެރިންގެ މައްޗަށް ކުރިހޯދައި 29 ޕޮއިންޓު 56 ސިކުންތުން ރޭސް ނިންމައިގެންނެވެ.
މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ފަސް ވަނަ ދުވަހަށް ބާސެލޯނާގައި ކުރިއަށް ގެންދާ މި މުބާރާތުގައި ރާއްޖެއިން މިފަހަރު ބައިވެރި ވެފައި ވަނީ ޖުމްލަ ތިން ފެތުންތެރިންނެވެ. އެއީ މުހައްމަދު މުއްތަސިމް އަދުނާން އާއި ހަސަން އަޝްރަފް އަދި އާމިނަތު ސަޖަން އެވެ.
މުބާރަތުގައި އާމިނަތު ސަޖަން ވާދަކުރަނީ 50 މީޓަރު ފްރީ ސްޓައިލް އާއި 100 މީޓަރު ފްރީ ސްޓައިލް އަދި 200 މީޓަރު ފްރީ ސްޓައިލްގަ އެވެ. މުއްތަސިމް ވާދަކުރަނީ 50 މީޓަރު ފްރީ ސްޓައިލް އާއި 50 މީޓަރު ބަޓަފްލައި އަދި 100 މީޓަރު ބަޓަފްލައި ގައެވެ. އަދި އަޝްރަފް ވާދަކުރަނީ 50 މީޓަރު ބްރެސްޓް ސްޓުރޯކް އާއި 100 މީޓަރު ބްރެސްޓް ސްޓުރޯކް އަދި 200 މީޓަރު ބްރެސްޓް ސްޓުރޯކް ގައެވެ.
ރާއްޖެ ޓީމުގެ ކޯޗަކީ އިސްމާއިލް ފަރުހާނެވެ. މިފަހަރުގެ މުބާރާތުގައި ޖުމްލަ 181 ގައުމަކުން ވާދަކުރެއެވެ.