29 Jul 2013, 01:14
ކްރިކެޓް ބޯޑުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ އަލޯރާ ރަމަޟާން ކްރިކެޓް ކާނިވަލްގެ ސަރުކާރު އޮފީސްތަކުގެ ޓޭޕް ބޯލް ކްރިކެޓް މުބާރާތުގެ ފައިނަލަށް އެއްއެމްއޭ އާއި ކަސްޓަމްސް ދަތުރު ކޮށްފި އެވެ.
މުބާރާތުގެ ފައިނަލަށް އެމްއެމްއޭ ދަތުރު ކުރީ ފުރަތަމަ ސެމީގައި އިއްޔެ ހަވީރު ސިފައިންގެ ކްލަބާއި ބައްދަލުކޮށް 21 ލަނޑުން މެޗް ކާމިޔާބު ކޮށްގެންނެވެ. ޓޮސް ދިމާވުމުން އެމްއެމްއޭ ކުޅެންއަރައި އަށް އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން 78 ލަނޑުހެދި އެވެ. އެންމެ ރަގަޅަށް ކުޅުނީ 31 ލަނޑުހެދި އަހްމަދު އުމަރު އެވެ.
ޖަވާބުގައި ސިފައިންގެ ކްލަބް ކުޅެންއަރައި އަށް އޯވަރު ހަމަވިއިރު ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 57 ލަނޑެވެ. އެންމެ ރަގަޅަށް ކުޅުނީ 10 ލަނޑުހެދި ތޮލްހަތު އެވެ. މެޗުގައި އެންމެ ރަގަޅަށް އުކީ ދެ އޯވަރު 20 ލަނޑަށް ދެވިކެޓްނެގި ސޮފްވާން އެވެ.
އިއްޔެގެ ދެވަނަ ސެމީފައިންލް އެޑިއުކޭސަންއާއި ބައްދަލުކޮށް ކަސްޓަމްސް ޓީމް ކާމިޔާބުކުރީ ހަތަރު ވިކެޓުންނެވެ. ޓޮސް ލިބުމުން ކަސްޓަމްސް ގަސްދުކުރީ ހޮވުމަށެވެ. އެޑިއުކޭސަން ކުޅެންއަރާ ހަތަރު ކުޅުންތެރިން ނުބައިވެގެން ހަދާފައިވަނީ 96 ލަނޑުއެވެ. އެންމެ ރަގަޅަށް ކުޅުނީ 23 ލަނޑުހެދި ފާއިޒް އެވެ. ޖަވާބުގައި ކަސްޓަމްސް ކުޅެންއަރައި އަށް ވަނަ އޯވަރުގައި ހަތަރު ކުޅުންތެރިން ނުބައިވެގެން 97 ލަނޑުހެދި އެވެ. އެންމެ ރަގަޅަށް ކުޅުނީ 31 ލަނޑުހެދި މުހަންމަދު އާމިރު އެވެ.
މުބާރާތުގެ ފައިނަލް މެޗް ކުޅޭނީ ހޯމަދުވަހު ހަވީރު 4:30ގަ އެވެ. ކުޅުން ކުރިއަށް ދާނީ ކުޅިވަރު އެކުުވެނީގެ އެއް ނަންބަރު ދަނޑުގަ އެވެ.