ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ޤާނޫނުގެ ތިން ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ކައުންސިލް އުފައްދަވައި، އެ ކައުންސިލަށް މެންބަރުން ހަމަޖައްސަވައިފި އެވެ.

ކައުންސިލަށް ހަމަޖައްސަވާފައި ވަނީ އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރު އަހުމަދު މުހައްމަދު، ފިޝަރީޒް އެންޑް އެގްރިކަލްޗަރު މިނިސްޓަރު އަހުމަދު ޝަފީއު، ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު، ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު، ޔޫތު އެންޑް ސްޕޯޓްސް މިިނިސްޓަރު މުހަންމަދު ހުސައިން ޝަރީފް، އަންހެން ވިޔަފާރިވެރިންގެ ދާއިރާއިން ސ. މަރަދޫ ސިލްވަރުވިލާ ޖުވައިރިއްޔާ ވަޖުދީ، މަސްވެރިކަމުގެ ދާއިރާއިން ދަފްތަރު ނަންބަރު 1829 މުހަންމަދު ވަސީމް އިސްމާއީލް، ދަނޑުވެރިކަމުގެ ދާއިރާއިން މާފަންނު އާބަގީޗާ ސަލާޙް ޝިހާބު، ފަތުރުވެރިކަމުގެ ދާއިރާއިން ފުވައްމުލައް ދިގުވާނޑު، ހަނދުވަރުދޭގޭ އިސްމާއީލް ފަސީހު، މައުލޫމާތާއި މުވާސަލާތުގެ ދާއިރާއިން ސ.ހިތަދޫ ނަސީމީމަންޒިލް، ރަފީޢުއްދީން ނަސީމް، ތިމާވެށީގެ ދާއިރާއިން މ. މަތިދޫ، ލުބްނާ މޫސާ، އިމާރާތްކުރުމުގެ ދާއިރާއިން ގ. ގަލޮޅުފެހި އަބްދުﷲ މުޙަންމަދު، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ފާތިމަތު ޝަފީގާ، ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހަންމަދެވެ.

އެ ކައުންސިލުގެ ރައީސަކީ، މަގާމުގެ ހައިސިއްޔަތުން މިނިސްޓަރު އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓެވެ. ނައިބު ރައީސަކަށް ހަމަޖައްސަވާފައިވަނީ ސަލާޙް ޝިހާބެވެ.