އިސްލާމިކް ފައުންޑޭޝަން އޮދް ދަ މޯލްޑިވްސްގެ ނާއިބު ރައީސް ކަމުގެ މަގާމަށް އައްޝައިހް އަހުމަދު މޫސާ އައްޔަނުކޮށްފި އެވެ.

އިސްލާމިކް ފައުންޑޭޝަންގެ ނައިބު ރައީސް ކަމުގެ މަގާމްގައި ކުރިން ހުންނެވީ މުޙައްމަދު ފައުޒީ (ނޫރުލް ޤުރުއާން ކްލާސްގެ ފައުޒީ) އެވެ.

ޝައިހް އަހުމަދު މޫސާ އެޖަމްއިއްޔާގެ ނައިބު ރައީސްގެ މަގާމަށް އައްޔަނުކޮށްފައި ވަނީ ރޭ އިސްލާމިކް ފައުންޑޭޝަން އޮފްދަ މޯލްޑިވްސްގެ ފަރާޓުން ކާމް ހޮޓެލްގައި ބޭއްވި ހަފްލާ އެއްގައެވެ.

ރޭގެ ހަފްލާގައި ވާހަކަ ދައްކަވަމުން އިސްލާމިކް ފައުންޑޭޝަންގެ ރައީސް އިބްރާހިމް ފައުޒީ ވިދާޅުވީ، އެ ފައުންޑޭޝަންގެ ދީނީ އިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިހް އަބޫބަކުރު އިބްރާހިމް މިއަހަރު ނިޔާވުމުން، ދީނީ މަސައްކަތްތަކުގައި ޝައިހް އަހުމަދު މޫސާގެ އެއްބާރުލުމް ވަރަށް ބޮޑަށް ދެއްވަމުން ގެންދެވި ކަމަށެވެ. އަދި އޭނާ އަކީ ނައިބު ރައީސްގެ މަގާމަށް ގާބިލް ބޭފުޅެއް ކަމަށް ވެސް ރައީސް އިބްރާހިމް ފައުޒީ ވިދާޅުވި އެވެ.

ޝައިހް އަހުމަދު މޫސާގެ ވާހަކައިހައި އިސްލާޟިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް އަކީ ރާއްޖޭގައި ދީނީ އަދި އިޖްތިމާއި މަސައްކަތްތައް ފުޅާދާއިރާއެއްގައި ހިންގަވަމުން އަންނަ ޖަމްއިއްޔާއެއްކަން ފާހަގަ ކުރެއްވި އެވެ. އަދި ބައިނަލްއަގްވާމީ ގިނަ ޖަމާއަތްތަކާ ގުޅިގެން ރަނގަޅު ޖަމްއިއްޔާއެއް ކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން އޭނާއާ ހަވާލުކުރެވުނު މަސްއޫލިއްޔަތު އެންމެ ފުރިހަމައަށް އަދާކުރައްވާނެ ކަމުގެ ޔަގީންކަން ޝައިހް އަހުމަދު މޫސާ ރޭގެ ހަފްލާގަިއ ވާހަކަ ދައްކަމުން ވިދާޅުވި އެވެ.

ޝައިހް އަހުމަދު މޫސާއަކީ ސައޫދީ އަރަބިއްޔާގެ ޖާމިއްޔަތުލް އިމާމް މުހައްމަދު ބިން ސޫއޫދު އަލް އިސްލާމިއްޔާ ޔުނިވަސިޓީން އިސްލާޟިކް ޝަރިއްޔާއިން މަތީ ތައުލީމް ހާޞިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.