28 Jul 2013, 14:37
ކުވައިތު (ޖުލައި 28): ކުވައިތުގައި އިއްޔެ ބޭއްވި ޕާލަމެންޓްރީ އިންތިޚާބަށްފަހު ވޯޓު ގުނުމުގެ ކަންތައް ކުރިޔަށްދާ ކަމަށް ކުވައިތުގެ ދާޚިލީ ވުޒާރާއިން ބުނެފި އެވެ.
ކުވައިތުގެ ދާޚިލީ ވުޒާރާއިން ބުނީ އައު ޕާލަމެންޓެއް ހޮވުމަށް އިއްޔެ ބޭއްވި އިންތިޚާބުގެ ކަންތައް ދިޔައީ ވަރަށް އަމާންކަމާއެކުގައި ކަމަށާރައްޔިތުންގެ ގިނަ ބަޔަކު ވޯޓުލުމުގައި ބައިވެރިވެފައިވާ ކަމުގައެވެ.
ރިޕޯޓްތައް ބުނާގޮތުން ކުވައިތުގެ ގިނަ އިދިކޮޅު ގިނަ ޕާޓީތަކުން ވނީ މިއިންތިޚާބު ބޮއިކަޓް ކޮށްފައެވެ.އިއްޔެ ބޭއްވި އިންތިޚާބުގައި ސަރުކާރަށް ތާއީދުކުރާ ސިޔާސީ ފަރާތްތައް ބައިވެފައިވީ ނަމަވެސް އިދިކޮޅު ޕާޓީތަކުގެ ތެރެއިން މިއިންތިޚާބުގައި ބައިވެރި ވެފައިވަނީ އެންމެ ޕާޓީއެއް ކަމަށްވެއެވެ. ކުވައިތުގައި އައު ޕާލަމެންޓެއް އިންތިޚާބު ކުރަނީ މިދިޔަ ޑިސެމްބަރު މަހު އެގައުމުގައި ބޭއްވި ޕާލަމެންޓްރީ އިންތިޚާބަކީ ސައްޙަ ނޫންއިންތިޚާބެއް ކަމަށް އެގައުމުގެ ސްޕްރީމް ކޯޓު ކަމަށްވާ ދަސްތޫރީ ކޯޓުން ނިންމުމާއެކު މިދިޔަ ޖޫންމަހު ކުވައިތުގެ އަމީރު އައްޝައިޚް ސަބާޙުލްއަޙްމަދު ޕާލަމެންޓް އުވާލެއްވުމާ ގުޅިގެންނެވެ. (އަލްޖަޒީރާ)