މި އަހަރުގެ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ހުށަހަޅާ ޝަކުވާތައް ބަލައިގަތުމަށް ގައުމީ ކޮމްޕްލައިންޓްސް ބިއުރޯއެއް ގާއިމުކޮށްފި އެވެ.

ރިޔާސީ އިންތިހާބާ ބެހޭ ޝަކުވާ ފޯމް މެދުވެރިކޮށް ބޭނުންވާ ޝަކުވާއެއް ހުށަހަޅުމަށް ގާއިމުކުރި ބިއުރޯ ހުންނާނީ، އިލެކްޝަންސް ކޮމިޝަން ހުންނަ އިމާރާތް، ޕޯޓްސް ކޮމްޕްލެކްސްގެ ދެވަނަ ފަންގިފިލާގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.

ކޮމްޕްލައިންޓްސް ބިއުރޯއަށް ހުށަހަޅާ ޝަކުވާ ފޯމް އިލެކްޝަންސް ކޮމިޝަންގެ ރަސްމީ ވެބްސައިޓުންނާއި އެކޮމިޝަނުގެ ކައުންޓަރުނާއި އަދި ކޮމްޕްލައިންޓްސް ބިއުރޯގެ ކައުންޓަރުގެ އިތުރުން ރަށްރަށުގެ ކައުންސިލް އިދާރާތަކުން ލިބޭނޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.

އަންނަ ސެޕްޓަރު މަހުގެ ހަތް ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން އެއް ކެންޑިޑޭޓަކު އަދި ޕާޓީ ޓިކެޓްގައި ތިން ކެންޑިޑޭޓަކު ވާދާކުުރެ އެވެ.