28 Jul 2013, 12:28
ވައްކަމުގެ މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކުރި މީހެއްގެ އަތުން ފެނުނު ދެ ގުރާގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ މިދިޔަ އަންގާރަ ދުވަހު އެމީހާ ހައްޔަރުކޮށްފައި ވަނީ ކޮއްޓަކަށް ދެ ގުރާ ލައިގެން އުޅެނިކޮށް ފެނިގެން އެތަކެއްޗަކީ ވަގަށް ނަގާފައިވާ ތަކެތި ކަމަށް ތުހުމަތުކުރެވިގެން ކަމަށެވެ. އަދި އެ ދެ ގުރާގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފެށީ އެމީހާ ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ނުދިނުމުގެ ސަަބަބުން ކަމަށެވެ.
އެ ދެ ގުރާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފައިވީ ނަމަވެސް އެއީ ކޮން ބާވަތެއްގެ ގުރައެއް ކަމެއް އަދި އެތަކެއްޗާ ބެހޭ އެއްވެސް ތަފްސީލެއް އޮފިޝަލެއް އޮފިޝަލް ނުދެއްވަ އެވެ.
އެ ދެ ގުރަ އާއި ގުރާ ކޮށީގެ ވެރިފަރާތެއްވާ ނަމަ އެ ފަރާތެއް ފުލުހުންގެ އިދާރާ އަށް ހާޒިރުވުމަށާއި އެ ތަކެއްޗާ ބެހޭ އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުންވާ ނަމަ އެ މައުލޫމާތެއް ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ޔުނިޓްގެ ނަމްބަރު 9631696 އަށް ގުޅުމުން ލިބޭނެ ކަމަށް ފުލުހުން ބުންޏެވެ.