ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެ ކުރިއަށް ގެންދާ އަލޯރާ ރަމަޟާން ކްރިކެޓް ކާނިވަލްގެ ސަރުކާރު އޮފީސްތަކުގެ ޓޭޕް ބޯލް ކުރިކެޓް މުބާރާތުގެ ލީގު އުސޫލުން ކުޅުނު ފަހުމެޗްގައި އިމިގްރޭޝަން ބަލިކޮށް އެމްއެމްއޭ މުބާރާތުގެ ސެމީފައިނަލްގެ ފަހު ޖާގަ ކަށަވަރު ކޮށްފި އެވެ.

އިއްޔެގެ މެޗު އެމްއެމްއޭއިން ކާމިޔާބުކުރީ، 63 ލަނޑުންނެވެ. ޓޮސްދިމާވުމުން އިމިގްރޭޝަން ގަސްދުކުރީ ހޮވާށެވެ. އެގޮތުން އެމްއެމްއޭ ކުޅެން އަރައި، އަށް އޯވަރުގެ ތެރޭގައި އެއްވެސް ކުޅުންތެރިއަކު ނުބައިނުވެ 126 ލަނޑު ހެދިއެވެ. ޖަވާބުގައި އިމިގްރޭޝަން ކުޅެން އަރައި އަށް އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ، 63 ލަނޑެވެ.

މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު އެމްއެމްއޭއާ ވާދަކުރާނީ ސިފައިންގެ ރެކްރިއޭޝަން ކްލަބެވެ. އަދި ދެވަނަ ސެމީގައި ވާދަކުރާނީ، އެޑިޔުކޭޝަން މިނިސްޓްރީއާއި ކަސްޓަމްސް ރެކްރިއޭޝަން ކްލަބެވެ.