ހަވަނަ ދުންތަރި އިބްރާހީމް މަނިކު މެޕޯރިއަލް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ ސީނިއާ އަހެން ޗެމްޕިއަންކަން ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އަދި ސީނިއާ ފިރިހެން ޗެމްޕިއަންކަން އައިލެންޑް ވޯޓާ ސްޕޯޓްސް ހޯދައިފި އެވެ.

ކެންސާ ސޮސައިޓީ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ، ސީނިއާ އަންހެން ފައިނަލްގައި އެސްޓީއޯއާ ވާދަކޮށްގެންނެވެ. އަދި އައިލެންޑް ވޯޓާސް ޗެމްޕިއަން ކަން ހޯދީ ފައިނަލްގައި ދިރާގު ބަލިކޮށްފަ އެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެ ބޭއްވި އެ މުބާރާތުގެ ޖޫނިއާ ފައިނަލްގައި ރެޑް ޓީމާ ވާދަކޮށް ޗެމްޕިއަންކަން ހޯދީ ބްލޫ ޓީމެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމްތަކަށް އިނާމްދެއްވީ ޝަރަފްވެރި މެހްމާން، ޔޫސުފް ހަލީމް އެވެ. އަދި ރަނަރަޕް ޓީމްތަކަށް އިނާމްތައް ހަވާލުކޮށްދެއްވީ، ދުންތަރި އާއިލާގެ ފަރާތުން އައިޝަތު އަލީފާ އެވެ.