އާންމު ފަރާތަކުން ހޮވައި ފުލުހުންނާއި ހަވާލުކޮށްފައިވާ އައި ޕެޑަކާއި މުސްހަފެއްގެ އިތުރުން ހަތަރު ރިހާކުރު ފުޅިއެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސާވިސް އިން ފަށައިފިއެވެ.

ވެރިފަރާތަކީ ކާކުކަން ހޯދަމުންދާ ތަކެތީގެ ތެރޭގައި ހިމެނޭ އައިޕެޑާއި ކީރިތު ގުރުއާނުގެ މުސްހަފަކީ އިއްޔެ މެންދުރުގެ ވަގުތެއްގައި އާންމު ފަރާތަކުން ފުލުހުންނާ ހަވާލު ކުރިތަކެތި ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ވަނީ ބުނެފަ އެވެ.

ވެރިފަރާތް ހޯދުމުގެ މަސައްކަތްކުރަމުންދާ ހަތަރު ރިހާކުރު ފުޅި އަކީ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އާންމު ފަރާތަކުން ޕޮލިސް ހެޑްކުއާޓާސްއާ ވާލުކޮށްފައިވާ ރިހާކުރު ފުޅިތަކެއް ކަމަށް ވެސް މޯލްޑިވްސް ޕޮލިސް ސާވިސް އިން ވަނީ ބުނެފަ އެވެ.

އެތަކެތީގެ ވެރިފަރާތެއް ވާނަމަ ޕޮލިސް ހެޑްކުއާޓާސް އަށް ހާޒިރުވުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ވަނީ އިލްތިމާސް ކޮށްފަ އެވެ. އެތަކެއްޗާ ބެހޭ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާނަމަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަމްބަރު 9631696 އަށް ގުޅައި މައުލޫމާތު ސާފުކުރެއްވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.