25 Jul 2013, 23:13
ގއ. ވިލިނގިލީގައި ހުރި ސުނާމީ ވަގުތީ ހިޔާތަކުގައި ރޯވެ މިރޭ އަނދައިފި އެވެ.
މަންޒަރު ދުށް މީހަކު ސަން އަށް ކިޔައިދިން ގޮތުގައި މިރޭ 10:15 އެހައިކަންހާއިރު ހިނގި އަލިފާނުގެ ހާދިސާގައި ގއ. އަތޮޅު ހޮސްޕިޓަލާ ދިމާލު އިރުމަތީ ފަރާތުގައި ހަދާފައިވާ ވަގުތީ ހިޔާތަށް ބޭނުންނުކުރެވޭ ވަރަށް ވަނީ އަނދައި ހުލިވެފަ އެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
އޭނާ ބުނީ އެތަނުގައި ދިރިއުޅެމުން ދަނީ ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 7 ގައި ތައުލީމް ހާސިލް ކުރަމުން އަންނަ ދަރިވަރަކާއި އޭނާގެ މަންމަ ކަމަށާއި އަލިފާން ރޯވުމުގެ ސަބަބުން އެމީހުންގެ ހުރިހާ މުދަލަކާއި ސްކޫލް ކުއްޖާގެ ހުރިހާ ފޮތްތައް އަނދައި ހުލިވެފައިވާ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެކަން ހިނގައިދިޔަ ގޮތް ބަލަމުން އަންނަ ކަމަށެވެ.