25 Jul 2013, 16:31
ކުރުނބާ ވިލެޖް ރިސޯޓުގައި ޓޫރިސްޓަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކުރުނބާ ވިލެޖް ރިސޯޓުގެ ރޫމެއްގެ ތެރޭގައި ޓޫރިސްޓަކު މަރުވެފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 10:20 އެހާކަންހާއިރު ކަމަށާއި ފުލުހުންގެ ތަހުގީގު ޓީމެއް މިހާރު އެ ރަށުގައި ހަރަކާތްތެރިވާ ކަމަށެވެ.
މިޑިއާ އޮފިޝަލް ވިދާޅުވީ އެކަން ހިނގާފައިވާ ގޮތް މިހާރު ބަލަމުން އަންނަ ކަމަށެވެ.