25 Jul 2013, 11:25
މުލަކު އަތޮޅު މަޑުއްވަރީގައި ހުންނަ ސަރުކާރު މުއައްސަސާ ތަކާއި، ސަރުކާރު ހިއްސާވާ މުއައްސަސާތަކުގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ ގޮތުން ކުރިއަށް ގެންދާ "މުއައްސަސާ ކަޕް 2013 ވޮލީބޯޅާ މުބާރާތް" އިއްޔެ ފަށައިފި އެވެ.
މަޑުއްވަރީގެ ޖުމުލަ ފަސް މުއައްސަސާއެއް ބައިވެރިވެގެން ކުރިއަށް ގެންދާ އެމުބާރާތް ފައްޓަވައި ދެއްވީ، މަޑުއްވަރީ ކައުންސިލްގެ ރައީސް، މުހައްމަދު ޝައުކަތު އެވެ.
މަޑުއްވަރީ ޒަމާލިކް ޓްރޭޑާސްއިން ސްޕޮންސާ ކޮށްފައިވާ އެ މުބާރާތް ހުޅުވި މެޗުގައި، މަޑުއްވަރީ ސިއްހީ މަރުކަޒުގެ ޓީމާއި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް މަޑުއްވަރީ ބްރާންޗް (ފެނަކަ) ވާދަކޮށް، 3-1 ސެޓުން މެޗު ކާމިޔާބު ކުރީ ސިއްހީ މަރުކަޒުގެ ޓީމެވެ.
އެ ދެ ޓީމުގެ އިތުރުން މުބާރާތުގައި ބައިވެރިވެފައިވަނީ، މަޑުއްވަރީ ކައުންސިލް އިދާރާ (369 ކައުންސިލް) ޓީމާއި، މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓްގެ (ފަނޑިޔާރު) ޓީމް އަދި މަޑުއްވަރީ ސްކޫލްގެ (ޓީއެމްއެސް) ޓީމް އެވެ.
މުބާރާތުގައި މިއަދު ކުޅުމަށް ހަމަޖެފައިވާ މެޗުގައި ވާދަކުރާނީ، ޓީއެމްއެސްއާއި 369 ކައުންސިން އެވެ.